03 Apr 2019, 10:18
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމިޔާ އިތުރު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެއީ ޑައިރެކްޓަރު ރާޖޭޝް ސެތީގެ، 'މޭ ޖަހާ ރަހޫން' ކިޔާ ލޯބީގެ ފިލްމަކުންނެވެ. މިހާރު ފިލްމުގެ ފަސްޓް ލުކް ދައްކާލައިފައި ވާއިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 27 ގައެވެ.
ފިލްމުގައި ހަތް ލަވަ ހިމެނޭ އިރު، ލަވަތަކުގެ ލިރިކްސް ހަދައިދީފައި ވަނީ ޖާވެދް އަޚްތަރު އެވެ. ފިލްމުގެ ހުރިހާ ލަވައެއް ރެކޯޑުކޮށް ނިމިފައި ވާއިރު، މިއީ 'ނަމަސްތޭ ލަންޑަން' އަށްފަހު ހިމޭޝް އަދި ޖާވެދް އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާގޮތުން 'މޭ ޖަހާ ރަހޫން' އަކީ ފްރެންޗައިޒެކެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ނިއު ދިއްލީގެ އިތުރުން އިނގެރޭސިވިލާތުގަ އެވެ. ފިލްމުގެ އަންގެން ލީޑު އަދި ހަމަޖައްސައިފައި ނުވާއިރު، ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2020 ގަ އެވެ.
ހިމޭޝް ވަނީ މީގެ ކުރިން 'އާޕް ކާ ސުރޫރް'، 'ކަރްޒް'، 'ރޭޑިއޯ'، 'ކިލާޑީ 786'، 'ދި އެކްސްޕޯޒޭ' އަދި 'ތޭރާ ސުރޫރް'ގައި މަސައްކަތްކޮށްފަ އެވެ. ދެހާސް ސާދަ ވަނަ އަހަރަށް ފަހު ހިމޭޝް ވަނީ ކެމެރާގެ ކުރިމަތިން ފެޔަށް ޖެހިލާ، އެކްޓިން ވޯކްޝޮޕްތަކަށް ދާން ފަށައިފަ އެވެ.