03 Apr 2019, 08:47
ގ. ފްރެޝްލައިޓު، އިބްރާހިމް ރަޝީދު، 27، އަކީ 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށް ލެވުނު ޒުވާނެކެވެ. މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާ ދިން ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ، 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު އޭނާއަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ ހުކުމް ކުރިތާ ހަތަރު އަހަރު ފާއިތުވެ ހިނގައްޖެއެވެ. މިއަދު ރަޝީދު އޮތީ ޖަލު ގޮޅީގައެއް ނޫނެވެ. ކަރާ މާރުކޭޓު ކައިރިން ނުވަތަ އޯކިޑުމަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓު ކައިރިން ހިނގާފައި ދާއިރު ރަޝީދު ފެނިދާނެއެވެ. އޭނާ މިއަދު ވަނީ ހަމުގެ ބައްޔެއްގެ ޝިކާރައަކަށްވެ، ހަށިގަނޑުގެ ބާރު ދެރަވެ އަނަރޫފަވެފައެވެ. އަޅާލާނެ މީހަކު ނުވެ މަގުމަތިވެ އެހީގެ އަތަކަށް ބޭނުންވެފައެވެ.
އިބްރާހިމް ރަޝީދު މިއަދު: އޭނާއަށް ވަނީ ހަމުގެ ބައްޔެއް ޖެހިފައި --
ބަލި ޖެހުނީ ޖަލުގައި ހުއްޓާ!
ދެހާސް ފަނަރަވަނަ އަހަރުގެ ތެރޭގައި ރަޝީދު ހައްޔަރުކުރީ މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގެ ތެރެއިންނެވެ. އޭރު އޭނާ ހުރީ ފެންނަ ފެނުމަށް ސިއްހަތު ރަނގަޅުކޮށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހްމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ރަޝީދުގެ ހަމަށް ޖެހިފައިވާ ބަލި ޖެހިފައި ވަނީ މާފުށީ ޖަލުގައި އޭނާ ބަހައްޓާފައި ހުއްޓައި ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި، އޭނާއަށް ފަރުވާ ދިނުމަށް ކަރެކްޝަންސްއިން އޭނާ އައިޖީއެމްއެޗްއަށް ވެސް ދެތިން ފަހަރަކު ގެންދިޔައެވެ.

އިބްރާހިމް ރަޝީދު ބަލިވުމުގެ ކުރިން ހުރި ގޮތް -- ސަން ފޮޓޯ
މީގެ ކުރިންވެސް ރަޝީދުގެ ވާހަކަ މީޑިއާގައި ތިލަވެފައިވެއެވެ. އެއީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު، ކަންބޮޑުވުން ފާޅުކުރައްވައި ރަޝީދުގެ ފޮޓޯއާއެކު ޓްވީޓު ކުރެއްވުމުންނެވެ. އަދި ރަޝީދުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންވެސް މީގެ ކުރީން މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފައިވެ އެވެ.
Miee May Day ga jalah laafaivaa Ibrahim Rasheed. Rasheed ah hamuge mi massala dhimaavegen ulheythaa aharuthakeh vegen dhiyairuves baavaafa othee jaluga. IGMH ga admit kuree meege dhuvaskolheh kurin. Miee gasthuga kuraa aniyaa, jaluga ekasheegenvaa faruvaa nudhee hama maranee.pic.twitter.com/BoGXJBx5Pa
— Ahmed Mahloof (@AhmedMahloof)August 24, 2018
ދޫކޮށްލީ ގޭބަންދަށް!
ރަޝީދު ދޫކޮށްލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ އަދަބަށް ލުޔެއް ދެއްވުމަށް ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. އެހެން ނަމަވެސް، ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ އެކަން ދޮގު ކުރައްވައިފައެވެ. ހޫދު ވިދާޅުވި ގޮތުގައި، ރަޝީދު ދޫކޮށްލީ ޑޮކްޓަރުގެ ލަފާގެ މަތީން ކަރެކްޝަންސްއިންނެވެ. އަދި އެކަން ކުރީ މިއަދުގެ ސަރުކާރު އައުމުގެ ކުރިންނެވެ.
"ޑޮކްޓަރު ލަފާ ދީފައި ހުރީ އޭނާ ހޫނު ތަނެއްގައި ނުބެހެއްޓޭނެ ކަމަށް. އެހެންކަމުން ކަރެކްޝަންސްއިން ހުރީ އާއިލާއާ ހަވާލުކޮށްފައި،" ހޫދު ވިދާޅުވިއެވެ.

ރަޝީދުގެ ހަމުގެ ބަލީގެ ސަބަބުން އޭނާގެ ހަމުން ތަންތަންގަނޑު ވަނީ ނައްޓައިގެން ގޮސްފައި --
ކަރެންޝަންސްގެ މީޑިއާ އޮފިޝަލު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ ރަޝީދުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ދޫކޮށްލީ ގޭބަންދަށް ކަމަށް ވިދާޅުވިއެވެ.
ރަޝީދު ގޭބަންދަށް ދޫކޮށްފައި ހުއްޓަސް އޭނާގެ އާއިލާއާ އޭނާއާ މާ ބޮޑު ގުޅުމެއް ނޯވެއެވެ. ވަކީލު ނާޒިމްވެސް ވިދާޅުވީ އެހެންނެވެ.
"އާއިލާ މީހުން ތިބޭ. އެކަމަކު އޭނާއާ އެހާ ގުޅުން ބޮޑެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.
ހާލު ސީރިއަސް ވެދާނެ!
"ސަން"އާ ވާހަކަ ދެއްކި ޑޮކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ފޮޓޯތަކުން ބަލާފައި ރަޝީދުގެ ހަމަށް ޖެހިފައި ވަނީ ސީދާ ކޮން ބައްޔެއްކަން ދެނެގަންނަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް، އޭނާއަށް ހަމުގެ ބައްޔެއް ކަމަށްވާ ސޮރިއޮސިސް ޖެހިފައިވުން އެކަށީގެންވާ ކަމަށާއި، ހަމުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން އިންފެކްޓުވެފައިވާ ކަމަށް ބެލެވިދާނެ ކަމަށް ވިދާޅުވިއެވެ.
އިންފެކްޝަންތައް ޖެހި ބޮޑުވަރުވެ މާ ގިނަ ދުވަސްވެއްޖެނަމަ ވަކި ހިސާބަކުން ސެޕްސިސްއަށް (އިންފެކްޝަންގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް) ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވަނީ ރަޝީދަށް އަވަސް ފަރުވާ ބޭނުންވާ ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އިބްރާހިމް ރަޝީދުގެ ފޮޓޯޢެއް: ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތާއި ބުރަކަށީގެ ބައެއް ތަންތަނުން ވަނީ ހަން ނެއްޓިފައި ---
އާންމުންގެ ހަމްދަރުދީ!
ރަޝީދުގެ ފޮޓޯތަކާއި ވީޑިއޯތައް ދާދި ފަހުން މީސް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އަދި އޭނާގެ ހާލަތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެއާއެކު ގިނަ ބަޔަކު ދަނީ އޭނާއަށް ހަމްދަރުދީ ފާޅުކުރަމުންނެވެ.
#MayDaydetainee Ibrahim Rasheed was perfectly healthy when he was detained in 2015.
He acquired a skin disease at Maafushi prison.
He was admitted at IGMH & was released him saying they cant keep him.
My source found him today in Karaa Goalhi/Galolhu Kanmathi & took this video.pic.twitter.com/1hFsP7sY6R— Aishath Aniya (@Aniya_A)April 2, 2019
ރަޝީދުގެ ހާލާ މެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނަމުން ދަނީ އޭނާ އެ ހާލުގައި މަގުމައްޗަށް ދޫކޮށްލާފައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކުން އޭނާއާ ހަވާލުވާން ޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ގޮވާލާފައެވެ.
އޭގެ އިތުރުން ޖަލުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމަކީ އެފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް މުހިންމު ކަމެއް ކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
Mives mi gaumuge Zuvaaneh.
ATM kaireega eheege athehdheytho innathan feney. Mi zuvaanaage haalu feni hihfalhaigen dhaavaruvey. Family aai gaaithimaage meehaku nethee baa ey hithah araa. Dhaulathun mifadha haalehga huri meehakah ehee vaane gotheh muahsasaa eh netheebaaey hithaara.pic.twitter.com/RO1e4Jf4SM— Ameena Naeem (Anaa)???????????? (@AmeenaAna)April 2, 2019

2015 ވަނަ އަހަރުގެ ތެރޭގައި އިބްރާހީމް ރަޝީދު ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އަދި ރަޝީދަށް އަމިއްލަ އިސްނެގުމުގެ މަތިން އެހީތެރިކަން ފޯރުކޮށްދޭން ފަންޑެއް ހުޅުވުމުގެ ޝައުގުވެރިކަން ވެސް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ދަނީ ފާޅު ކުރަމުންނެވެ.
Thee jalugolhi ga ulhey meehunnah varah ginain vaakameh. Jaluthkuge fenvaru rangalhu kurumaky muhimmu kameh. Adhi golhi thaku therey saafuthaahirukan belehettun muhimmu kamah dheken.
— Munajjy #Alhan2019 (@munajjy)April 2, 2019
ޖެންޑާ މިނިސްޓްރީން "ސަން"އަށް ބުނީ އެ ރަޝީދުގެ މައްސަލަ އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި ރަޝީދަށް ބޭނުންވާ ފަރުވާ އޭނާގެ އާއިލާއާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.