އާ އެޑްއޮންތަކަކާ އެކު ދިރާގު ޓީވީ އަށް އާ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މިއަދު ތައާރަފުކުރި ބޭސިކް ޕެކޭޖުގެ ދަށުން 60 ޗެނަލް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި 20 އެޗުޑީ ޗެނަލް އާއި 4ކޭ ޗެނަލް ލިބޭނެ ކަމަށާއި މި ޕެކޭޖުގެ އަގަކީ 300 ރުފިޔާ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން "އެކްސައިޓްމެންޓް" އަދި "ފަން"ގެ ނަމުގައި ދެ އެޑްއޮން ޕެކޭޖު ވެސް ދިރާގުން މިއަދު ވަނީ ތައާރަފުކޮށްފަ އެވެ. އެކްސައިޓްމެންޓު ޕެކޭޖުގައި 22 ޗެނަލް ހިމެނޭ އިރު މި އެޑްއޮން 120 ރުފިޔާ އަށް ލިބޭނެ އެވެ. އަދި އެޑްއޮން "ފަން"ގައި 10 ޗެނަލް ހިމެނޭ އިރު 99 ރުފިޔާ އަށް މި އެޑްއޮން ލިބޭނެ އެވެ.

ދިރާގު ޓީވީ އަކީ ހުރިހާ އުމުރަކާ ގުޅޭ، އެކި ރަހަތަކުގެ ޓީވީ ޗެނަލްތައް ބަލާލެވޭނެ ހިދުމަތެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަ ޗެނަލްތަކާއި މުނިފޫހިފިލުވުމަށް ހާޢްސަ ޗެނަލްތަކުގެ އިތުރުން ލައިފްސްޓައިލް އަދި ކުޅިވަރު ޗެނަލްތައް ވެސް ހިމެނެ އެވެ.

ދިރާގު ޓީވީގެ ހިދުމަތް 50 އަށް ވުރެ ގިނަ ރަށަށް ފޯރުކޮށްދެ އެވެ. މީގެ އިތުރުން ދިރާގު ފިކްސް ބްރޯޑްބޭންޑް ލިބޭ ކޮންމެ މީހަކަށް ވެސް ދިރާގު ޓީވީގެ ހިދުމަތް ހޯދެ އެވެ.