ކަންކަމުގައި ޖާގަ ނުދީ ރައްޔިތުންގެ ލޭ ކެކޭ މިންވަރުގެ އަޖުމަ ބަލަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓައިލަން ޑީއާރްޕީން ގޮވާލައިފިއެވެ.
ޑީއާރްޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ލޭ ކެކޭ މިންވަރު އަޖުމަ ބަލަން ކުރާ ކަންތައްތަކު ސަބަބުން އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހި އެކަންކަން ފާޅުކުރަމުންދާ ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވީ ރައްޔިތުންނާ ކައުންސިލްތައް ޖައްސައި ފިތުނަ އުފެދޭ ގޮތަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ހދ. ކުޅުދުއްފުށީގައި މިއަދު ރައްޔިތުން ނުކުމެ ކުރި މުޒާހަރާ ހިނގަން މެދުވެރިވީ ވެސް ރައްޔިތުންގެ އަޑުނާހައި ރައްޔތިުންނާ މަޝްވަރާ ކުރުމެއް ނެތި ރައްޔިތުންގތެ ހައްގުތަކަށް ބާރު ފޯރުވުމުގެ ސަބަބުން ކަމަށެވެ.
"ރައްޔިތުންގެ ލޭ ކެކޭ މިންވަރު ބެލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ރަށްތަކުގެ ރައްޔިތުން ލޭކެކިގެން އެކިއެކި ކަންތައްތައް އެބަ ކުރޭ. ކުޅުދުއްފުށީގައި މިއަދު ވެސް ރައްޔިތުން މުޒާހަރާއެއްކުރި. އޭގެ ކުރިން ވެސް ވަނީ ހޮސްޕިޓަލް ކަންތައްތަކުގައި މުޒާހަރާކޮށްފައި. އަދި އެހެން ރަށްތަކުގައި ވެސް ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރަނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށުމުން ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނާ ހިސާބުން ފެށިގެން އަންނަން އޮތް ގޮތަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ލޭ ކައްކުވަން ސަރުކާރުން ކުރާ މަސައްކަތްތަށް ހުއްޓައިލުމަށް ވެސް އޭނާ ވަނީ ގޮވާލާފަ އެވެ. އޭނާ އަދި ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށުމުން ކައުންސިލްތަކަށް ލިބިދިން ބާރު ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރަމުން ދާ ކަމަށެވެ.