16 Oct 2011, 17:20
ނ. އަތޮޅަށް ހުޅުވަލައިގެން ކުޑަފަރީ، އަމިއްލަ ޖަމްއިއްޔާއަކުން ސިކްސް އެ ސައިޑް ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މުބާރާތް ބާއްވަނީ ކުޑަފަރީ ޔޫތް މޫންމަންޓުންނެވެ.
ޖަމިއްޔާގެ ފައުންޑާ މެންބަރު މަމްދޫހު މުޙައްމަދު ބުނީ، "ކޭވައިއެމް ޗެލެންޖް ކަޕް 2011" އިގެ ނަމުގައި މުބަރާތް އަތޮޅަށް ހުޅުވައިލި ނަމަވެސް އެހެން އަތޮޅުތަކުގެ ޓީމްތަކަށް ވެސް އެ މުބާރާތުގައި ވާދަ ކުރެވޭނެ ކަމަށެވެ. އަދި ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަން މަހުގެ 25 އާ ހަމައަށް އޮންނާނެ ކަމަށެވެ.
ހުރިހާ މެޗެއްވެސް ކުޑަފަރީގައި ބާއްވާ ގޮތަށް ނިންމާފައިވާ މުބާރާތް އަމާޒުކޮށްފައި ވަނީ ޑިސެމްބަރު މަހަށެވެ. މުބާރާތް ރާއްވާފައި ވަނީ ތިން އުމުރު ފުރައަކަށެވެ. އެއީ 14 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އިތުރުން 19 އަހަރުން މައްޗަށެވެ.