31 Mar 2019, 17:14
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރާ ބެހިގެން ރާއްޖެ ޓީވީ އެއްމިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ޖޫރިމަނާ ކުރުމުގެ އުސޫލާ އެއްގޮތަށްކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ އެ ނިންމުން ބާތިލް ކުރެވެން ނެތް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.
އެ މައްސަލާގެ އިތުރުން އަބުރުގެ އެހެން މައްސަލަތަކެއްގައި ވެސް ރާއްޖެ ޓީވީ ޖޫރިމަނާ ކުރިއެވެ. އެ ހުރިހާ ފައިސާއެއް ވެސް އެ ސްޓޭޝަނުން ވަނީ ދައްކާފައެވެ.