31 Mar 2019, 18:07
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އާއިލީ ބޭފުޅެއްގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފިއެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް އުފާވެރި އުފަންދުވަހުގެ ޕާޓީއަކަށް އިއްޔެ ވަޑައިގެންނެވި ކަމަށެވެ.
"އެއީ އަހުމަދު މަނިކު ބޭބެގެ 100 ވަނަ އުފަންދުވަހުގެ ޕާޓީ. އެ ޕާޓީ އަށް އާއިލާގެ 70 އަށް ވުރެ ގިނަ މެންބަރުން ދިޔަ،" ރައީސް މައުމޫން ވިދާޅުވިއެވެ.
Yesterday I attended the most heart-warming birthday party ever. Ahmed Manik Beybe’s 100th. Over 70 family members & friends were there - their age ranging from 6 months to 100 years. Maa shaa Allah!pic.twitter.com/IZ80LnkYDV
— Maumoon Abdul Gayoom (@maumoonagayoom)March 31, 2019
މައުމޫން ވިދާޅުވީ އެ އާއިލާގެ މީހުންގެ ތެރެއިން ހަ މަހާއި 100 އަހަރާ ދެމެދުގެ 70 މެންބަރުން އިއްޔެގެ އެ ހަފްލާ އަށް ދިޔަ ކަމަށެވެ.
މައުމޫން ވަނީ އާއިލާގެ ބައެއް މެންބަރާއެކު ނަންގަވާފައިވާ ފޮޓޯތައްވެސް ޓްވީޓު ކުރައްވައިފައެވެ.