31 Mar 2019, 14:22
ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް އެމްއެމްއޭ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މާލީ ދާއިރާ އަށް ހޭލުންތެރިކުުރުމުގެ ގޮތުން ''މާލީ ބަހުސް''ގެ ނަމުގައި ބަހުސްއެއް ބާއްވައިފި އެވެ.
ދިވެހި ބަހުގެ އެކަޑަމީ އާއި ގުޅިގެން ބޭއްވި މި ބަހުސްގައި ވާހަކަ ދެއްކި ދެ ޓީމް އެކުލަވާލާފައި ވަނީ ދިވެހި ބަހުގެ އެކަޑަމީންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރޭ ބޭއްވި މި ބަހުސްގެ މައުލޫ އަކީ "ދިވެހި މުޖްތަމައުގައި ފަހަށް ރައްކާކުރުމުގެ ސަގާފަތް ދިރުވަން އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނާއި މުދައްރިސުންނަށެވެ."
މި ބަހުސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ބައިވެރިވެ ލެއްވި އެވެ.
ބަހުސް ބައްލަވާލެއްވުމަށް މާލީ ދާއިރާގެ އިސްބޭފުޅުންނާއި ބައެއް ދަރިވަރުން ހާޒިރުވި އެވެ.
ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގްލޯބަލް މަނީ ވީކް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުން ހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.