ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ހދ.ހަނިމާދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެރަށުގައި ގާއިމްކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއީ މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރެކެވެ.

ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައި، އެތަނުގައި ދެވޭ ފަރުވާތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

މީގެ ކުރިން އައްޑޫ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެެއިން ރައީސް ވަނީ އެ ސިޓީގެ ހިތަދޫގައި ގާއިމްކޮށްފައިވާ ހިތަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވައިފައެވެ.