ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ޝިޔާމްގެ ކެމްޕޭނުގެ ބޮޑު މަންޒަރު ދައްކާލައިފި އެވެ.

ދާންދޫ ސީސަން ދޯނީގައި ދާންދުގެ ގިނަ ބަޔަކާ އެކު ޝިޔާމްގެ ކޭމްޕޭނު ޓީމުން އިއްޔެ ވަނީ އެ ދާއިރާގެ މާމެންދޫ އަށް ގޮސްފަ އެވެ.

ޝިޔާމް ނުވަތަ "ދާންދޫ ސިޔާމަކީ" ދާންދޫ ކައުންސިލަށް ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިޔާ އައްޔަންކުރެއްވި ކައުންސިލަރު އަދި ފުރަތަމަ އަތޮޅު ކައުންސިލްގެ، ދާންދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ދާންދޫ ދާއިރާގެ ރައްޔިތުން އިންތިހާބު ކުރި، ދާންދޫގެ ފުރަތަމަ ސިޔާސީ ލީޑަރެވެ.

ޝޔާމަކީ އިޖުތިމާއީ ގޮތުން ގިނަ ހިދުމަތްތަކެއް ދާންދޫ ދާއިރާއަށާއި ރަށުގެ ތަރައްގީއަށް ކޮށްފެއްވާފައިވާ ހިދުމަތްތެރިއެކެވެ. އޭނާ އަކީ ދާންދޫގެ ފުރަތަމަ ސިޔާސީ، އުއްމީދީ ހުނަރު ދައްކުވައި ދެއްވި ސިޔާސީ ލީޑަރެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބަށް ދާންދޫ ދާއިރާ އަށް "ދާންދޫ ސިޔާމް ވާދަކުރައްވާ އިރު، ދާންދޫ ދާއިރާގެ ގިނަ ބައެއްގެ ތާއީދު އޭނާ އަށް އޮތް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި މާމެންދުއަށް ކުރި ދަތުރުން އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށް ސިޔާމުގެ ކެމްޕެއިނު ޓީމުން ބުންޏެވެ.

ޝިޔާމްގެ ކޭމްޕޭނު ޓީމުން އިއްޔެ މާމެންދޫއަށް ދިޔުން -- ފޮޓޯ: ކެމްޕެއިން ޓީމް

ދާންދޫ ސިޔާމްއަކީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓީކެޓުގައި ވާދަކުރާ ކެންޑިޑޭޓެވެ. ސިޔާމްގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި، "މިކަލާ އަހަންނަ ކަލާ، އިންޝާ ﷲ" އެވެ.