30 Mar 2019, 19:04
މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން އިންތިޒާމުކުރި "ބްރޭކް ދަ ބެރިއަރ" ފެތުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެވެ. ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާޗް އަށް ވަނަ ދުވަހުއެވެ.
އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ފެތުން ފަށާފައިވަނީ މިއަދު ހަވީރު މާލެ އަތޮޅު ފުނަދުއިންނެވެ. 7 ކިލޯމީޓަރުގެ މި ފެތުން ނިންމާލާފައިވަނީ ޢިއްޒުއްދީން ފާލަމަށެވެ. މި ހަރަކާތުގައި އެކި އުމުރުފުރައިގެ 100 އަށްވުރެ ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.