30 Mar 2019, 15:33
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޕްރިޒަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޮމިޝަނާ އޮފް ޕްރިޒަންސް އެޗްއާރްސީއެމް އަށް ހާޒިރުކުރުމަށް ނިންމީ އެޗްއާރްސީއެމް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އެޗްއާރްސީއެމްއަށް ހާޒިރު ކުރަނީ އަންނަ ހޯދަ ދުވަހުއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އެޗްއާރްސީއެމް އަށް ހާޒިރު ކުރަން ނިންމި އިރު، ޖަލުގައި ތިބޭ މީހުންގެ ހައްގުތައް ނުލިބޭކަމުގެ ޝަކުވާއަކީ ދޭތެރެ ދޭތެރެއިން އިވޭ ޝަކުވާއެކެވެ.