ސައުދީ އަރަބިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެ ގައުމުގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ރިއާޒް ޓްރެވަލްފެއާ 2019ގައި މަޓާޓޯ އިން ބައިވެރިވެއްޖެ އެވެ.

މި ފެއާ ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 28 އިން މިއަދުގެ ނިޔަލަށެވެ. އީ މަޓާޓޯ އިން މި ފެއާގައި ބައިވެރިވާ ހަތަރު ވަނަ އަހަރެވެ.

ރިޔާޒް ފެއާ އަކީ ގަލްފްގެ ގައުމުތަކާއި އަރަބިގައުމުތަކުގެ ޓްރެވަލް އެންޑް ޓޫރިޒަމް ކުންފުނިތައް އެއްތަނަކަށް އެއްވެ، ފަތުރުވެރިކަން ޕްރޮމޯޓު ކުރާ އިވެންޓެކެވެ. މިއީ ދުނިޔެއަށް އަރަބި ގައުމުތަކުގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ދައްކާލުމަށް ވެސް މުހިއްމު ފެއާއެކެވެ.

ސައުދީގެ ބޮޑު ފެއާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްފައިވާ އިރު، މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. ފާއިތުވި އަހަރުތަކުގައި ސައުދީ އާއި މެދު އިރުމަތިން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މިދިޔަ 2017 ވަނަ އަހަރު މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،389،54215،700 އަށް އަރަ އެވެ.

މަޓާޓޯ އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ.