29 Mar 2019, 20:34
ގާލްގައިޑް ހަރަކާތުން ދިރިއުޅުމަށް ބޭނުންވާ ގިނަ ކަންތައްތައް ދަސްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު މުލީއާގޭގައި ބޭއްވި ގާލްގައިޑުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާ ގުޅިފައިވާ ކަމެއްކަމަށެވެ.
އަދި ހަމައެކަނި ބެޖް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އެ ކަމުން އާކަންކަން ދަސްކުރަންޖެހޭ ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.
މިއަދު ބޭއްވި 2018 ވަނަ އަހަރުގެ ގާލް ގައިޑް އަހަރީ އާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނާމާއި ސެޓްފިކެޓް ހާސިލްކުރި ފަރާތްތަކަށް އެތަކެތި ހަވާލުކޮށްދެއްވައިފައެވެ.