29 Mar 2019, 19:30
ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ 45 ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގަ އޭނާގެ ރަހުމަތްތެރިންނާ އެކު ޗުއްޓީ ހޭދަކުރަމުން އަންނައިރު ރާއްޖޭގައި ނަގަމުން އަންނަ ފޮޓޯތައް އަންނަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ބައެއް ބޭރުގެ ހަބަރުތައް ބުނާގޮތުގައި މިފަހަރު މަލައިކާ ރާއްޖެއައީ ކައިވެނިކުރުމުގެ ކުރިން 'ބެޗަލަރޭޓް ފިލުވައިލަން' ކަމަށެވެ. އޭނާ ވަނީ މީގެ ކުރިންވެސް ގިނަ ފަހަރެއްގެ މަތިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްއެވެ.
މަލައިކާ އުޅެނީ ބޮލީވުޑްގެ ބަތަލު އަރްޖުން ކަޕޫރު 33، އާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެ ދެ މީހުން އަންނަ މަހު ކައިވެނި ކުރާނެ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.
މަލައިކާ އަރޯރާ ރާއްޖޭގައި---
މަލައިކާގެ 45 ވަނަ އުފަންދުވަސްވެސް ފާހަގަކޮށްފައިވަނީ އަރްޖުންއާ އެކު އިޓަލީގައެވެ.
މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފައެވެ. އަރްބާޒްއާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައެވެ.