28 Mar 2019, 11:39
މުވައްސަސާތައް މިނިވަންކުރުމާ ބެހޭ ފަސް ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.
މިނިވަން މުވައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.
އެގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތައައްސުބުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ބާރު އެޅުމަށްޓަކައި، ފަސް މުވައްސަސާއެއްގެ ގާނޫނަށް އިސްލާހް ގެނައުމަށްޓަކައި ފަސް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެެވެ. އެ މުވައްސަސާތަކަކީ
އެންޓި ކޮރަޕްޝަން ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން
- އޮޑިޓް އޮފީސް
- އިލެކްޝަންސް ކޮމިޝަން
- ސިވިލް ސާވިސް ކޮމިޝަން
ސަރުކާރަށް 100 ދުވަސް ފުރެން ކުޑަތަންވަމުންދާއިރު އެޓާނީ ޖެނެރަލް އޮފީހުން ފުއްދުމަށް ކަނޑައަޅާފައިވާ 12 ވައުދުގެ ތެރެއިން 11 ވައުދެއް މިހާރު ފުއްދައިފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.