28 Mar 2019, 11:34
އއ. ކުރަމަތި ރިސޯޓުގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ސްޓާޓުކުރަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައި ލޯންޗުގައި ރޯވެ ލޯންޗު އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 07:48 ހާއިރު ކަމަށެވެ.
ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް ކުދި ކުދި އަނިޔާވެފައިވީ ނަމަވެސް އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.