28 Mar 2019, 09:36
ވޭތުވެ ދިޔަ އަހަރު ފްރާންސާ އެކު ވޯލްޑް ކަޕް އުފުލާލި ޒުވާން ލެފްޓް ބެކް ލޫކަސް ހަނަންޑެޒް ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.
ލޫކަސް ބަޔާންއަށް ބަދަލުވެފައި ވަނީ 80 މިލިއަން ޔޫރޯގެ ބޮޑު އަގަކަށެވެ. އޭނާ ރަސްމީ ގޮތެއްގައި ބަޔާންގެ ސްކޮޑާއި ގުޅޭނީ ޖުލައި މަހު އެވެ. ދާދި ފަހުން އެތްލެޓިކޯ މެޑްރިޑާ އެކު އެއްބަސްވުން އޭނާ އައު ކުރި ނަމަވެސް ވޯލްޑް ކަޕަށް ފަހު ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާއަށް ހުށައެޅުންތައް ހުށައަޅަމުން ދިޔަ އިރު އެކަން ކާމިޔާބު ކުރީ ބަޔާން އެވެ. ބަޔާންއަށް އޭނާ ސޮއެ ކޮށްފައި ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
????️@Brazzo: "I'm very happy that we have signed one of the best defenders in the world and a World Cup winner in@LucasHernandez!"#FCBayern#MiaSanMia#ServusLucaspic.twitter.com/ZkJ7p3liIe
— FC Bayern English (@FCBayernEN)March 27, 2019
ޖުލައި މަހު ބަޔާންގެ ޓީމާއި ލޫކަސް ގުޅެން ހަމަޖެހިފައި ވީ ނަމަވެސް އޭނާ ދެން އެތުލެޓިކޯ މެޑްރިޑްގެ ޓީމުން ނުފެންނާނެވެ. ލޫކަސްގެ ސޮއެ ހޯދުމަށްފަހު ބަޔާން މިއުނިކުން ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އެތުލެޓިކޯ މެޑްރިޑާ އެކު ލޫކަސް އެންމެ ފަހު މެޗު ކުޅެފައިވާ ކަމަށާއި އޭނަގެ ކަކުލުގެ ލިގަމެންޓްގެ ސާޖަރީއެއް ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ލިގަމެންޓް ސާޖަރީގެ ސަބަބުން ކުޅުންތެރިން އާންމު ގޮތެއްގައި އެންމެ މަދުވެގެން ދެ މަސް ދުވަހު ކުޅުމާ ދުރުގައި މަޑު ކުރަން ޖެހޭނެ އެވެ. ނަމަވެސް ބަޔާން މިއުނިކްގެ ޑޮކްޓަރު ވިލްހަމް މުލާ ބުނީ އޭނަގެ ތަޖުރިބާއަށް ބަލައި 2020-2019 ވަނަ ސީޒަން ފެށެން ވާ އިރަށް ލޫކަސްއަށް ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރި ވެވޭނެ ކަމަށެވެ.
ބަޔާން މިއުނިކަށް ބަދަލުވުމަށްފަހު ލޫކަސް ވަނީ އޭނަގެ ކުރީގެ ކުލަބުގެ މެނޭޖްމެންޓަށާއި ކޯޗުގެ އިތުރުން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
????????@LucasHernandez: "This is a really important day in my footballing career.#FCBayernis one of the best clubs in Europe and the world. I’m proud to be able to fight for all possible titles in the future with Bayern." ????#packmas#MiaSanMia#ServusLucaspic.twitter.com/1zvZoV5zyD
— FC Bayern English (@FCBayernEN)March 27, 2019
ފްރާންސް ވޯލްޑް ކަޕު ނެގި ސްކޮޑުގެ ދެ ޑިފެންޑަރުން ގާތް ގާތުގައި ބަޔާން އިން ސޮއި ހޯދާފައިވާ އިރު އެ ޓީމު ވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގުން ކަޓާފަ އެވެ. ނަމަވެސް ޓީމުގެ ޑިފެންސަށް ގެނެވުނު ބަދަލުތަކާ އެކު އަންނަ ސީޒަނުގައި ބަޔާން ތަފާތު ދައްކާނެ ކަމަށް އެ ކުލަބުގެ ސްޕޯޓްސް ޑިރެކްޓަރު ހަސަން ސާލިހް މެޑިކް ބުނެފައިވެ އެވެ.