28 Mar 2019, 08:55
ފިލްމެއް ހަދަން ވެގެން ކުންފުންޏަކުން ނެގި ފަސް ކްރޯޑް ރުޕީސް އެއްބަސްވުމާ އެއްގޮތަށް ނުދެއްކުނު މައްސަލައިގައި ހައްޔަރުކުރި އެކްޓަރު ރާޖްޕަލް ދޫކޮށްލައިފިއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު އޭނާ އެ މައްސަލައިގައި ޖަލަށް ލާފައިވާއިރު ރާޖްޕަލް ޖަލުން މިނިވަން ކުރީ މިދިޔަ މަހު ފަހުކޮޅު ކަމަށް ބައެއް ބޭރުގެ ހަބަރުތައް ބުނެއެވެ.
ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ މިހާރު އަންނަނީ އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ.
އޭނާއަށް ހުކުމްކުރީ ތިން މަހުގެ ޖަލު ހުކުމެކެވެ.
ޖަލުން މިނިވަންވުމުން ރާޖްޕަލް ބުނީ އޭނާ އިތުބާރުކުރި މަދު ބަޔަކު އޭނާގެ އިތުބާރު ނަގާލާފައިވާ ކަމަށެވެ.
"އަހަރެން ފިލްމީ ދާއިރާއިން ކުރިއަށްދާނަން. ޓައިމް ޓު ޑާންސްގެ ޝޫޓިން ފެށުމަށް އަހަރެން ތައްޔާރުވަމުން މިހާރު މިދަނީ،"
އޭނާގެ ބައެއް ފިލްމުތަކުގެ ތެރޭގައި ބާބުލް، ޕާޓްނާ، ކްރިޝް 3 އަދި ދޯލް ހިމެނެއެވެ.