ފުވައްމުލަކު ސިޓީ މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތުމަގުގައި އެކްސިޑެންޓެއް ހިނގައި ތިންމީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 19:34 ހާއިރު ފުވައްމުލަކު ޖަމާލުއްދީން ނައިބުތުއްތު މަގުން ހުޅަނގުން އިރަށް ބަނދަރާ ވީ ކޮޅަށް، އުމުރުން 16 އަހަރުގެ ކުއްޖަކު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިލަކެއް، ފުނާޑު ކާނު ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއް އޯވާޓޭކު ކުރަން އުޅެނިކޮށް އެމަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 16 އަހަރުގެ ކުއްޖާ އަށާއި އެ ސައިކަލުގެ ފަހަތުގައި އިން 20 އަހަރުގެ މީހެއްގެ އިތުރުން އަނެއް ސައިކަލު ދުއްވަން އިން 39 އަހަރުގެ މީހާ އަށް އަނިޔާވެފައިވާ ކަމަށެވެ.

މި ތިންމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުންގެ ހަލާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް ނުލިބެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންތުގައި އަނިޔާވި އުމުރުން 39 އަހަރުގެ މީހާގެ އަތުގައި ލައިސެންސް އޮންނަ ކަމަށެވެ.