27 Mar 2019, 17:11
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑް އޮފީސް ހ.މެދުޒިޔާރަތްދޮށުގޭގައި ހުޅުވައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާ ހެޑްއޮފީސް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ސީއީއޯ އައިމަން އަމިން ސެޖްނީ އެވެ.
އައިސީޑީ އަކީ އިސްލާމިކް ބޭންކުގެ މައި ހިއްސާދާރެވެ. މެލޭޝިއާގެ އެ ކުންފުނީގެ 70 ޕަސެންޓް ހިއްސާ އެމްއައިބީގައި އޮވެއެވެ. ބާކީ 25 ޕަސެންޓަކީ ދިވެހި ސަރުކާރުގެ ހިއްސާ އެވެ. އަދި އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ އެ ބޭންކުގައި އޮވެއެވެ.
އެމްއައިބީ އިން އާންމުންނަށް ހިއްސާ ވިއްކުމަށް ނިންމާ ރޭ ވަނީ ހިއްސާ ދާރުންގެ މެދުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެމްއައިބީގެ އާ ހެޑްއޮފީހާއެކު އެ ބޭންކުން ދެމުންދާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީގެ އާ ހެޑްއޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި ހައުސިން މިނިސްޓަރު އާމިނަތު އާތިފާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.