16 Oct 2011, 12:17
ޓްރެވަލްސް އެޖެންޓުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ، މޯލްޑިވްސް އެސޯސިއޭސިއޭޝަން ފޯ ޓްރަވަލް އޭޖެންޓުންސް އެންޑް ޓްވާ އޮޕަރޭޓާސް ]މަޓާޓޯ[ގެ ހިންގާ ކޮމެޓީ އައުދައުރަކަށް އިންތިހާބުކޮށްފި އެވެ.
ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި އޮތް ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސަކަށް، ކުރިއަށް އޮތް ދެ އަހަރަށް ހޮވީ، ރިއެއްލޯ ޓްރެވަލްސްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ހަލީލެވެ. ނާއިބު ރައީސުންނަށް، ލެޓްސް ގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒާއި އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާޒު ރިޔާޒެވެ.
ސެކްރެޓަރީ ޖެނެރަލް އަކަށް ހޮވީ މޯލްޑިވްސް ކުރޫޒުގެ މުހައްމަދު މަލީހު ޖަމާލެވެ. ހަޒާންދާރަކަށް ޓްރޮޕިކަލް ކަލެކްޝަންސް މޯލްޑިވްސްގެ ޑިރެކްޓަރު އަބްދުﷲ ސޫދު އެވެ.
އެކްޒެކެޓިވް ބޯޑް މެންބަރުންގެ ގޮތުގައި ހޮވީ، ވިސްތާ ކޮމްޕެނީގެ ޑިރެކްޓަރު އަލީ އަހުމަދާއި ތްރީއޭ ޓްރެވެލް އެންޑް ޓްވާސްގެ މާކެޓިން މެނޭޖަރު އިބްރާހީމް ޝަރީފާއި ޔޮޓް ޓްވާސް މޯލްޑިވްސްގެ ޑިރެކްޓަރު އިބްރާހީމް ޝިހާމާއި އައިލެންޑް ޕާލް ހޮލިޑޭސްގެ ޑިރެކްޓަރު ހާތިމު ހަސަނާއި ދަ ގްރޭން ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނިޒާމެވެ.
މަޓާޓޯގެ ހިންގާ ކޮމެޓީ އައު ދައުރަކަށް އިންތިހާބު ކުރުމަށް ރޭ ބޭއްވި ބައްދަލުވުމަށް 46 މެންބަރުން ވަޑައިގެން ވޯޓް ދިން ދެއްވި ކަމަށް މަޓާޓޯ އިން ބުންޏެވެ.