މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ ބަޑި މުބާރާތް 2019 ފަށައިފި އެވެ.

މޭޖާ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ބަޑި ގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރައްވައިފައިވާ އޮފިސަރެކެވެ.

މުބާރާތް ފެށުމުގެ ގޮތުން ގިރިފުށީ ޓްރޭނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު ގިރިފުށީގައި މުބާރާތް ފެށުމުގެ ގޮތުން ބަޑި ޖެއްސެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުން ކަމަށެވެ.

އެ މުބާރާތް އަންނަ މަހުގެ އަށްވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އެ މުބާރާތުގައި ސިފައިންގެ 31 ޔުނިޓަކުން ވަނީ ބައިވެރިވެފަ އެވެ.