27 Mar 2019, 09:24
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ ފިލްމުޝަމްޝޭރާގައި ބޮލީވުޑްގެ ބަތަލު ރަންބީރު ކަޕޫރު ފެންނާނީ ޑަބަލް ރޯލަކުން ކަމަށް ހަބަރުތައް ބުނެފިއެވެ.
ރަންބީރު އެ ފިލްމުގައި ޑަބަލް ރޯލު ކުޅެފިނަމަ އެ ފިލްމުވެގެންދާނީ އޭނާގެ ކެރިއަރުގައި ކުޅޭ ފުރަތަމަ ޑަބަލް ރޯލަށެވެ.
ފިލްމުގެ ލީޑް ރޯލުން ރަންބީރު ފެނިގެންދާއިރު ފިލްމުގައި އޭނާ ފެނިގެންދާނީ ފޭރޭ މީހެއްގެ ރޯލުންނެވެ. އެކްޝަން/އެޑްވެންޗަރ އެ ފިލްމަކީ ކަރަން މަލްހޯތްރާ ޑައިރެކްޓްކުރާ ފިލްމެކެވެ.
"މި ފިލްމަކީ އަބަދުވެސް ކުޅެލަން ބޭނުންވި ކަހަލަ ރޯލެއް ކުޅެވޭނެ ފިލްމެއް. ގިނަ ދުވަހެއްގެ އުންމީދެއް މިއީ. ވަރުގަދަ ވާނެ. ޗެލެންޖެއް މިއީ. ތަފާތު ދައްކާނަން. ބެސްޓް ނެރޭނަން،" އޭނާ މީގެ ކުރިން ބޭރުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"ޝަމްޝޭރާ" ގެ ކާސްޓުންގެ ޓީމަށް ސަންޖޭ ދަތާއި ވާނީ ކަޕޫރުވެސް ވަނީ ގުޅިފައެވެ.
ރަންބީރު ވަނީ "ސަންޖޫ"އިން އެންމެ މޮޅު އެކްޓަރުގެ މަގާމު އުފުލާލައިފައެވެ.