16 Oct 2011, 11:04
ނ. ކެނދިކުޅުދޫ އާއި އއ. ތޮއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް ކެނދިކުޅުދުއަށް ވަޑައިގަންނަވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި، ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން އެ ރަށުގައި ބާއްވާ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން އެރަށުގައި ޤާއިމްކުރާ ޖޫނިއާ ކޮލެޖުގެ ބިންގާ އަޅުއްވައިދެއްވައި، އެ ރަށު ސްކޫލްގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ވެސް ޝަރަފުވެރި ކޮށްދެއްވާނެ އެވެ.
ތޮއްޑޫއަށް ރައީސް ދަތުރުފުޅު ކުރައްވަނީ އެރަށު ޞިއްހީ މަރުކަޒުގައި ހުންނަ ޓެލެމެޑިސިން ޔުނިޓް އިފްތިތާޙު ކޮށްދެއްވައި، ތޮއްޑޫ ސްކޫލްގައި އަލަށް ޢިމާރާތްކުރާ ކްލާސް ރޫމްތަކުގެ ބިންގާ އަޅުއްވައި ދެއްވުމަށެވެ.