ވާވޭގެ އާ ފޯނު "ވާވޭ ޕީ 30 ޕްރޯ ލޯންޗު ކޮށްފިއެވެ.

ރޭ ފްރާންސްގެ ޕެރިހުގައި ބޭއްވި ހާއްސަ އިވެންޓުގައި މި ފޯނު ލޯންޗުކޮށްފައިވާއިރު، މިއީ ފޮޓޯ ނަގަން ލޯބިކުރާ މީހުންނަށް މިހާރު ލިބޭނެ އެންމެ ރަނގަޅު ފޯނެވެ. - ފޯނުގެ އިންޓަނޭޝަނަލް ޕްރީ އޯޑަރަށްވަނީ ހުޅުވާލައިފައެވެ.

ވާވޭ ޕީ30 ޕްރޯ އަކީ 50 ގުނަ އަށް ޒޫމް ކޮށްލެވޭ، ދުރުގައި ހުންނަ އެއްޗެހިވެސް ސާފުކޮށް ފޮޓޯ އަށް ނުވަތަ ވީޑިއޯ އަށް ކެޕްޗާ ކޮށްލެވޭނެ ފޯނެކެވެ.

ވާވޭ ޕީ 30 ގެ ފޯނު--

ބެޓެރީގެ އުމުރު ދިގު، ފާސްޓު މި ފޯނުގެ ފީޗާތަކަށް ބަލާއިރު ފޯނުގެ އަލްޓްރާ ވައިޑް އެންގަލް ކެމެރާ އަކީ 20 މެގަޕިކްސެލްގެ ކެމެރާ އެކެވެ. މެއިން ސެންސާ އަކީ 40 މެގަޕިކްސެލްގެ ސެންސާ އެކެވެ. ޓެލެފޮޓޯ އަކީ އަށް މެގަޕިކްސެލް އެވެ. ޓީއޯއެފް ކެމެރާ އެއްވެސް މި ފޯނުގައި ވަނީ ހިމަނައިފައެވެ. ފޮޓޯގެ ޑީޓެއިލް ކެޕްޗާ ކުރެވޭނެއެވެ. ސެލްފީ ނަގަން މަރުދޭ މީހުންނަށް މިއީ ރަނގަޅު ފޯނެކެވެ 32 އެމްޕީގެ ސުޕަ އެޗްޑީއާރު އަދި ލޯ ލައިޓް ޝޮޓު ނެގޭނެއެވެ.

މި ފޯނުގެ ޑިސްޕްލޭ އަކީ 6.47 އިންޗީގެ ޑިސްޕްލޭ އެކެވެ. މިފޯނުގެ ޑިސްޕްލޭ އިނީ "ކާވް" ކޮށްފައެވެ. މި ފޯނުގެ ބެޓެރީ އަކީ 4200 އެމްއޭއެޗްގެ ބެޓެރީ އެކެވެ. 30 މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖު ވަޔާ ޗާޖިން ބޭނުންކޮށްގެން މި ފޯނު ޗާޖު ކުރެވޭނެއެވެ. މިއީ ވަޔަލެސް ޗާޖިން އަދި ރިވާސް ޗާޖުވެސް ކުރެވޭނެ ފޯނެކެވެ.

ވާވޭ ޕީ 30 ގެ ފޯނު--

މި ފޯނުގެ އަގަށް ބަލާއިރު އަށް ޖީބީގެ ރެމް އަކާއެކު 128 ޖީބީގެ މެމޮރީ ހިމެނޭ ފޯނުގެ އަގު އުޅެނީ 1,127.21 ޑޮލަރުގައެވެ. 256 ޖީބީގެ ފޯނުގެ އަގު އުޅެނީ 1,240.05 ޑޮލަރަށެވެ. އަދި 512 ޖީބީގެ ފޯނުގެ އަގު އުޅެނީ 1409.30 ޑޮލަރަށެވެ.

ޕީ 30 ޕްރޯގެ ކުލަތަކަށް ބަލާއިރު ނޫ ގްރޭޑިއަންޓު ކުލައިގެ އިތުރުން ޕާލް ވައިޓް އަދި އެމްބާ ސަން ރައިޒް (ރަތް)، ކަޅު އަދި ވާވޭގެ ސިގްނޭޗާ އަރޯރާ ކުލައިންވެސް މި ފޯނު ލިބޭނެއެވެ.

ވާވޭ އިން ވަނީ ޕީ30 ޕްރޯގެ އިތުރުން ވާވޭ ޕީ30 ވެސް މިރޭ ލޯންޗުކޮށްފައެވެ. މި ފޯނަކީ ޕްރޯ އާ ބަލާއިރު އަގުހެޔޮ ފޯނެއް ނަމަވެސް ވަރުގަދަ ފީޗާތަކެއް ހިމެނޭ ފޯނެކެވެ.

ވާވޭގެ އާ ފޯނާއެކު އެ ކުންފުނީގެ މޭޓް 20 އަދި ޕީ 20 އާއިލާގެ ފޯނުތައް ބާ ވެއްޖެއެވެ.