26 Mar 2019, 20:29
ދިރާގުން 50 ޕަސެންޓް އަގުހެޔޮކޮށް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބޫސްޓަރުތައް ބޭނުންކުރަނީ ދިރާގުން ބްރޯޑްބޭންޑްގެ ހިދުމަތް ދޭއިރު ފެއާ ޔޫސޭޓް އެލަވަންސް ހަމަވުމުން ކުރީގެ ސްޕީޑްގައި އިންޓެނެޓް ބޭނުންކުރުމަށެެވެ. ނަމަވެސް އެ ސްޕީޑްގައި އިންޓަނެޓް ބޭނުންކުރަނީ ވަކި ފީއެއް ދައްކައިގެންނެވެ.
ދިރާގުން ހުޅުވާލި ޕްރޮމޯޝަނާއެކު އެ ފީއިން 50 ޕަސެންޓް އަގުހެޔޮވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޫސްޓަރު ޕްރޮމޯޝަންގެ އަގުތައް---
ދިރާގުން ބުނީ އެ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެ ބޫސްޓަރުތައް ދިރާގު އެޕުންނާއި ފިކްސްޑް ބްރޯޑްބޭންޑް ޕޯޓަލް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި އެންމެ ގިނައިން ބޫސްޓަރު އެކްޓިވޭޓް ކުރެވޭނީ މަހަކު ފަސް ފަހަރުއެވެ.