26 Mar 2019, 19:58
ކޮށްދިއްޕަރު ރިސޯޓާ ދިމާ ކަނޑުމަތިން ކުނިވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 06:36 ގައި ކަމަށާއި ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ، އެއީ ކޮން ގައުމެއްގެ މީހެއްގެ ހަށިގަނޑުކަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.