ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމެންޓް ނެޓްވޯކް (ސާވަން)ގެ ފަސް ވަނަ އެގްޒެކަޓިވް ކޮމިޓީ ބައްދަލުވުން މިއަދު ފަށައިފި އެވެ.

ޗަމްޕާ ހޮޓެލްގައި މިއަދު ބޭއްވި ހަފްލާގައި އެ ބައްދަލުވުން ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަސީރެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ މިއަދު ރާއްޖޭގައި ފެށި ފަސް ވަނަ އެގްޒެކަޓިވް ކޮމިޓީ ބައްދަލުވުމުގައި ސާވަންގެ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ހުރިޙާ ސާވަންގެ ކަންތައްތައް ބަލަހައްޓާ ފޯކަލް ޕޮއިންޓް ބައިވެރިވެ، ފާއިތުވި އަހަރު ސާވަންގެ ކުރެވުނު ކަންތައްތައް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އިސްލާހުކުރަން ޖެހޭ ކަންތައްތައް ހުރި ނަމަ އެކަމެއް އިސްލާހުކޮށް ފާއިތުވެ ދިޔަ އަހަރުތަކުގެ ފިލާވަޅުތައް ހިއްސާކުރެވޭނެ ކަމަށެވެ.

ސާވަންގެ ބައްދަލުވުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަނީ ސާކްގެ ކޮންމެ ވެސް އެއް ގައުމެއްގަ އެވެ.

ސާވަންގެ މައިގަނޑު މަގްސަދަކީ އެއް ގައުމުން އަނެއް ގައުމަށް ކުރެވޭ ވައިލްޑްލައިފް ޓްރޭޑްތަކާއި އެ ގައުމެއްގެ ހިމާޔަތްކޮށްފައި ހުރި ދިރުންތަކުން ކުރެވޭ ޓްރޭޑްތައް ހުއްޓުވާ މައުލޫމާތު ކަމާގުޅުންހުރި ގައުމުތަކާ ހިއްސާކުރުމެވެ.

ސާވަން އަކީ އޭޝިއާ ގައުމުތަކުގެ ދިރުންތަކާއި އިލީގަލް ޓްރޭޑް ބެލެހެއްޓުމަށް ކަނޑައެޅިފައި އޮންނަ ޖަމިއްޔާ އެކެވެ.