27 Mar 2019, 08:52
އޮންލައިންކޮށް މުޅި ރާއްޖެއަށް ތައުލީމު ފުޅާކުރަން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ނިންމައިފިއެވެ.
އެގޮތަށް ތައުލީމް ދިނުމަށް އެމްއެންޔޫއިން ވަނީ އެކަމަށް ހާއްސަ އޮންލައިން ސިސްޓަމެއް ގާއިމްކުރުމަށްވެސް ނިންމައިފައެވެ.
އެގޮތުން އެމްއެންޔޫގެ ސެންޓާ ފޯ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސަލަންސް (ސީއީޓީއީ) އިން ވަނީ ކްރޮއޭޝިއާގެ ދެ ޔުނިވާސިޓީއަކާއި އަދި ސްޕެއިންގެ ޔުނިވާސިޓީއަކާ ގުޅިގެން އެ ސިސްޓަމްް ހެދުމަށް ނިންމައިފައެވެ.
އެމްއެންޔޫއިން ބުނީ މިއީ ޔޫރަޕިއަން ޔޫނިއަން ޔޫނިއަންއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި 2022 ވަނަ އަހަރު އޮންލައިންކޮށް ހިދުމަތް ދެވޭ ވަރު ވާނެ ކަމަށެވެެ.
އެޑްވާންސް ހަޔާ އެޑިއުކޭޝަން އިން މޯލްޑިވްސް ތުރޫ އީ ލާނިން ޑިވޮލޮޕްމަންޓް (އެމެޑް) އިފްތިތާހްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ؛ އެމްއެންޔޫ
އެޑްވާންސް ހަޔާ އެޑިއުކޭޝަން އިން މޯލްޑިވްސް ތުރޫ އީ ލާނިން ޑިވޮލޮޕްމަންޓް (އެމެޑް) ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮޖެކްޓް އިއްޔެ ވަނީ އެމްއެންޔޫގައި އިފްތިތާހްވެސް ކޮށްފައެވެ.
The partner institutes of the AMED project are:
Faculty of Organization and Informatics, University of Zagreb, Croatia
The Open University of Catalonia, Spain
Croatian Academic and Research Network (CARNET), Croatiapic.twitter.com/YXxQJTqaew— MaldivesNationalUni (@MNUedu)March 26, 2019
" މިހާރު މިގެންދަނީ އެމްއެންޔޫގެ ނީޑްސްއާ އައިޑެންޓިފައި ކުރަން އައިސް އިންޓަވިއުތަކާ ޕްރެޒެންޓޭޝަންތައް މިހާރު މިދަނީ. މީ ހަމަ އިނީޝިއަލް ފޭސް މިދަނީ. ދެން މީގެ ފަހުން ހަމަ އީ ލާނިއަށް މެޓީރިއަލްސް ޑިވޮލޮޕްކޮށް ފެކަލްޓީސް ޓްރެއިންކޮށް އަދި އޭގެ ފަހުން ކުދިންނާ ހަމައަށް ރީޗްވާނީ." އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވިއެވެ.
އަދި އެ ސިސްޓަމްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް އީލާނިން މެދުވެރިކޮށް މަތީ ތައުލީމް ފޯރުކޯށްދިނުން ކަމަށްވެސް ޝާހީން ވިދާޅުވއިެވެ.