26 Mar 2019, 11:52
ކުންމިން ފެއާގައި ބައިވެރިވުމުގެ ފުރުސަރު ފުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ޖޫން މަހުގެ 12 އިން 18 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއާ 2019"ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނީ ކުންމިން ފެއާގައި ދިވެހި އުފެއްދުންތައް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މި ފެއާ އަކީ ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ދިވެހި އުފެއްދުންތައް ވާދަވެރި މާކެޓުތަކުގައި ވިއްކުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.
ކުންމިން ފެއާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އޭޕްރީލް ހަތަކާ 11 އާ ދެމެދު، އެކަމަށް ހާޢްސަ ފޯމު ފުރިހަމަކުރުމަށް ފަހު އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.
ކުންމިން ފެއާގައި ބައިވެރިމުވަމަށް ހުށައަޅާ ފަރާތްތަކަކުން ބައިވެރިވުމުގެ ހަރަދު ހަމައްޖައްސަންޖެހެނީ އަމިއްލަ އަށެވެ.
ނަމަވެސް މިފެއާގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އިކޮނޮމިކް މިނިސްޓްރީ އިން ފޯރުކޮށްދެ އެވެ.