26 Mar 2019, 11:20
ދަގަނޑު ގޭސްގުޅި ގެންގުޅޭ ކަސްޓަމަރުން ލުއިފުޅިއަށް ބަދަލުވުމަށް ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފިއެވެ.
"ލުއިފަސޭހަ ޕްރޮމޯ 2019" ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން ލުއިފުޅިއަށް ބަދަލުކުރާ ކަސްޓަމަރުންނަށް 1000 ރުފިޔާ އަށް ލުއި ފުޅި ގަނެވޭނެއެވެ.
މީގެ އިތުރުން އަލަށް މޯލްޑިވް ގޭހުގެ ގޭސް ލުއިފުޅި ގަންނަ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގެ ދަށުން ލުއި ފުޅި ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.
މިއީ ރޯދަމަހާ ދިމާކޮށް ކަސްޓަމަރުންނަށް ފަސޭހައިން ލުއިފުޅި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވް ގޭހުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ލުއިފުޅި ގަންނަ ކަސްޓަމަރުންނަށް 774 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. އާންމުކޮށް ލުއިފުޅި ވިއްކަނީ 1774 ރުފިޔާ އަށް ނަމަވެސް ޕްރޮމޯޝަނުގެ ދަށުން 1000 ރުފިޔާ އަށް ފުޅި ގަނެވޭނެއެވެ.
It’s a wonderful opportunity to change your metal cylinder to a Luifulhi!
We will collect your old metal cylinder and deliver a brand new Luifulhi ????pic.twitter.com/GUNzrrG6nO— Maldive Gas Pvt Ltd (@maldivegas)March 26, 2019
މި ޕްރޮމޯޝަނުގެ ދަށުން ފުޅި ބަދަލުކޮށްދިނުމާއި އަލަށް ގަންނަ ލުއިފުޅި ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭނެ ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ.
ލުއިފުޅިއަކީ ހިފާގެންގުޅެން ލުއި އަދި ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅި އެވެ. ލުއިފުޅި ގޭހަކީ އޭގެ ސަލާމަތީ އެތަށް ޓެސްޓެއް ހެދިފައިވާ ކިތަމެ ހޫނު ވިޔަސް ގޮވައިގެން ނުދާ އަދި ބެރުގައި ދަބަރުވެސް ނުޖަހާނެ ފަދަ ގޮތަކަށް ތާއްޔާރު ކުރެވިފައިވާ ފުޅިއެކެވެ.