26 Mar 2019, 09:06
ސަރުކާރުގެ 100 ދުވަހުގެެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރަށު ކައުންސިލްތަކުން ބޭނުންކުރަން ހާއްސަ ވެބް ޕޯޓަލް "އައިލެންޑްސް.އެމްވީ" އިފްތިތާހުކޮށްފިއެވެ.
ރޭ ހުޅުމާލެ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ވެބް ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އައިލެންޑްސް.އެމްވީ އާއެކު ރަށުގެ ގުދުރަތީ ރީތިކަމުގެ އިތުރުން ރަށުގައި ހުރި ހާއްސަ ކަންތައް ޕްރޮމޯޓު ކުރެވޭނެއެވެ. ރަށުގެ ފަންނީ ހުނަރު ތަކާއި ފަންނީ ހުނަރުތައް ދައްކައިދީ އެ މަސައްކަތް ކުރާ މީހުންގެ ވާހަކަ ދުނިޔެއަށް ކިޔައިދެވޭނެއެވެ. އަދި ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ރަށާ ބެހޭ މައުލޫމާތު އިޝްތިހާރުކުރެވޭނެއެވެ.
އެގޮތުން ރަށުގައި ހުރި ހާއްސަ ކަންތައްތަކާއި ރަށުގައި ހުރި ވަސީލަތްތައް އަދި ރަށުގެ އިގްތިސޯދާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ޑިޖިޓަލް ފްރަންޓް އޮފީހެއްގެ ގޮތުގައި މި ވެބް ޕޯޓަލް ބޭނުން ކުރެވޭނެއެވެ.
މި ޕޯޓަލް ފަރުމާކޮށްފައިވަނީ އެންސީއައިޓީ އިންނެވެ.