25 Mar 2019, 00:05
ސަރުކާރު ހިންގާ އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުލް މުޣުނީއާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ދުވަހަކު ވެސް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެހެން ބުނީ މުޣުނީ ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއަކާ ގުޅިގެން ދިންް ޖަވާބުގައެވެ.
ފުލުހުން ދިން ޖަވާބުގައި ވަނީ މުޣުނީއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި ހުށަހެޅިފައިވާކަން ރެކޯޑުތަކުން ނުދައްކާ ކަމަށެވެ.
ގެވެށި އަނިޔާގެ ތުހުމަތުކޮށް އެމްޑީޕީން ވަނީ މުޣުނީއަށް ކުރަމުން އައި ތާއީދު އަނބުރާ ގެނެސްފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އެމަނިކުފާނު ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް މުޣުނީ އެ ތުހުމަތުތައް ދޮގުކުރެއެވެ.