24 Mar 2019, 15:46
ލާއިންސާނިއްޔަތާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި ގަރާރުތައް ރާއްޖެއިން ކޯ ސްޕޮންސާކޮށްފިއެވެ.
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭއިން އިސްކަންދޭ ދާއިރާތަކާއި ގުޅުން ހުރި ގަރާރުތަކަށް ރާއްޖޭގެ ފަރާތުން ކޯ ސޮޕްންސާ ކުރިއިރު އޭގެ ތެރޭގައި، ސީރިއާ، މިޔަންމާ، އަދި ފަލަސްތީންގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓުމަށް ގޮވާލާ ގަރާރުތަކާއި ކުޑަކުދިންގެ ހައްޤުތަކާއި ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކާ ގުޅޭ ގަރާރުތައް ފާހަގަކުރެވެ އެވެ.
އަދި، ކައުންސިލްގެ ހަވާސާގައި ބޭއްވުނު، ސައިޑް އިވެންޓްތަކުގައި ވެސް ރާއްޖެ އިން ވަނީ ބައިވެރިވި އެވެ. އަދި އެހެން ސެޝަންތަކާއި ހިލާފަށް ރާއްޖެ އިން އަލަށް މިފަހަރު ކޯ ސްޕޮންސާ ކުރި ގަރާރުތަކުގެ ތެރޭގައި ހިމެނެނީ؛ ތިމާވެއްޓާ ގުޅޭ ހިއުމައުން ރައިޓްސް ޑިފެންޑާސްއިން ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށި ހިމާޔާތްކުރުމަށް ކުރާ މަސައްކަތަކާ ގުޅޭ ގަރާރަކާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާގެ އިންސާނީ ހައްގުތަކާއި ބެހޭ ގަރާރަކާއި، ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ގަރާރު ފާހަގަ ކުރެވެ އެވެ.
ފެބްރުއަރީ 25 އިން ފެށިގެން ހަތަރު ހަފްތާ އަށް ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށް ދިޔަ މި ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ ފަރާތުން 21 ސްޓޭޓްމަންޓް ދީފައިވެ އެވެ. މީގެ އިތުރުން ތުރުން ސެޝަންގައި ފާސްކުރެވުނު 29 ގަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި އަމަލީ ގޮތުން ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން ސީރިއާ، މިޔަންމާ އަދި ފަލަސްތީނުގައި ހިންގަމުންދާ އިންސާނީ ހައްގުތަކާއި ހިލާފް އަމަލުތަކާއިގުޅޭ އެޖެންޑާ އައިޓަމްތަކުގައި ބައިވެރިވެ މިއަމަލުތައް ކުށްވެރިކޮށް މިކަމާ ދެކޮޅަށް ރާއްޖެއިން ވަނީ ވާހަކަ ދައްކައިފަ އެވެ.
އަދި، ތިމެޓިކް އެޖްންޑާ އައިޓަމްތަކުގެ ތެރޭގައި ހިމެނުނު ކުޑަކުދިންގެ ހައްގުތައް، ނުކުޅެދޭމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭގެ ފަރާތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަ ދެއްކި އެވެ. އަދި، މީގެ އިތުރުން، ގެދޮރޮވެރިކަމުގެ ހައްގުތައް، ތިމާވެށި ހިމާޔަތްކުރުމުގެ މުހިއްމުކަމާއި އަދި ޓެކްނިކަލް އެސިސްޓެންސް އެންޑް ކެޕޭސިޓީ ބިލްޑިންގްއާގުޅޭ އެޖެންޑާގައި ވާހަކަ ދެއްކުން ފާހަގަކުރެވެ އެވެ.