24 Mar 2019, 14:45
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާހިލާފަށް ހޫނުގަދަވާނެ ދުވަސްވަރަކަށް ވާތީ، ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހޫނުން ރައްކާތެރިވުމަށް ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކި އެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމުކުރުމުގެ ބަދަލުގައި ފިނިގަދިތަކުގައި ނުވަތަ އެތެރޭގައި އެފަދަ ކަންތައް އިންތިޒާމުކުރުން ރަނގަޅު ކަމަށެވެ.
އެންމެ އަވިގަދަ ވަގުތުތަކުގައި އަވީގައިއުޅޭ މިންވަރު މަދުކޮށް ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ފެން ބުއިމަށާއި ހަކުރު އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭރަށް ނިކުންނަ އިރު އަތްވާއި ހޫނުން ރައްކާތެރިވުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓާ ކޮށްދޭ އަވިއައިނު އެޅުމަށާއި ކުލަމަޑު، ހަށިގަނޑު ނިވާވާނެ ހެދުން ލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން ފެންމަދުވެ، ބޯއަނބުރާ، އަތްފައި ފިނިވުން ފަދަ ކަންތައް ދިމާވާނެ
- ލޮލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ލޮލުގެ މަތީފަށަލަ ފިހުން ލޯ ފުސްވުން ފަދަ ކަންތައް ދިމާވާނެ
- ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހި ނެގުން
ވަރުދެރަވެ ބޯ އަނބުރާނަމަ ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި، ފިނިތަނެއްގައި މަޑުކުރުމަށާއި ވަރުދެރަވެ ބޯ އަނބުރާ ނަމަ އަދި އަކުނިވަޔަށް ދަމާނަމަ ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.