23 Mar 2019, 19:39
އެކުވެނި ޓެނިސް ކޯޓު ފުރަގަހުގައި ހުރި މުދާތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. ނަމަވެސް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 18:57 ގައި ކަމަށެވެ.
އަދި މިހާރު އަލިފާނުގެ 90 ޕަސެންޓު ކޮންޓްރޯލު ކުރެވިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ޓެނިސް ކޯޓުގެ ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯކޮށްލާފައިވާ އިރު މި ހަފްތާގެ ތެރޭގައި މާފައްނުގައި ޕާކްކޮށްފައި ހުރި ހަތް ސައިކަލެއްގައި ވެސް ރޯކޮށްލައިފައިވެ އެވެ.