22 Mar 2019, 16:52
ލ. އަތޮޅުގައި އޮންނަ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށެއް ކަމަށްވާ ލ. މެންދޫއިން ރުއް އުފުރައިގެން ކ. އަތޮޅު އެނބޫދޫފަޅު ހިއްކައިގެން އެތަނުގައިގައި ތަރައްގީ ކުރަމުންދާ ރިސޯޓުތަކަށް ގެންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މެންދޫއަކީ ދަނޑުވެރިކަން ތަރައްގީކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން އާދިލްއަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށުން ރުއް އުފުރަމުން ދަނީ އޭނާ ހުއްދަ ނަގައިގެން އެ ރަށުގައި އޭނާ ހިންގާ ޕްރޮޖެކްޓަކަށް ބިން ހުސް ކުރުމަށެވެ.
ޕްރޮޖެކްޓަށް އުފުރާ ނުވަތަ ކަނޑާ ރުއްގަސް ބާޖަކަށް އަރުވައިގެން ގެންދާ ކަމަށް މީގެ ކުރިން މީސް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އެހެން ނަަމަވެސް، އެ ރުއްތައް ގެންދާ ތަނެއް މީގެ ކުރިން ނޭނގެ އެވެ.
THREAD
L.Mendhoo is being stripped bare for#MVTreeGrabunder the guise of expanding agriculture.
The EIA reads: "Due to the small size of the island, majority of the island vegetation is needed to be
cleared and impact of that will be significant."
(1/8)pic.twitter.com/FqC7KxK88T— Adam Abdulla (@edzyadam)March 22, 2019
ރުއްތައް ގެންދަނީ އެނބޫދޫފަޅަށް!
މެންދޫ ކައިރީގައި އޮންނަ ލ. ހިތަދޫ ކައުންސިލުގެ ރައީސް ނާފިޒު ހުސެއިން "ސަން"އަށް ވިދާޅުވީ، ރުއްތައް ގެންދަނީ އެނބޫދޫފަޅަށް ކަމަށް ލ. އަތޮޅު ކައުންސިލުން މައުލޫމާާތު ދީފައިވާ ކަމަށެވެ. އަދި އެ ރުއްތައް އުފުރަނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް ހަދައިގެން، ނަގަން ޖެހޭ ހުއްދައާއެކު ކަމަށް ބުނެފައިވާ ކަމަށެވެ.
ރުއްތައް އުފުރާ މައްސަލައިގައި އެއްވެސް ރައްޔިތަކު ހިތްހަމަނުޖެހުން ފާޅުކުރާ ނަމަ، އެކަން ކުރަނީ ހުއްދަތައް ނަގައިގެން ކަމަށް ބުނެ ޖަވާބުދާރީވުމަށް އަތޮޅު ކައުންސިލުން އަންގާފައިވާ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ، ރުއްތައް އެނބޫދޫފަޅަށް ގެންދަން ހަފްތާއަކު އެއްފަހަރު ބާޖެއް އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދާ ހަމައަށް ގާތްގަނޑަކަށް 300 ރުއް އެނބޫދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 300 ވަރު ގެންގޮސްފައިވާނެ ހެން ހީވަނީ. ބާޖު އަންނަނީ ހަފްތާއަކު އެއްފަހަރު. ބާޖު އަންނަ ކޮންމެ ދުވަހަކު އެބަ ގެންދޭ ވަރަށް ބައިވަރު،"

ލ. މެންދޫގައި ރުއްތަކެއް އުފުރާފައި ބާޖަށް އަރުވަން ތައްޔާރުކޮށްފައި: އެ ރުއްތައް ގެންދަނީ އެނބޫދޫ ފަޅަށް -- ފޮޓޯ: ޓްވިޓާ
މެންދޫ ކައިރީގައި އޮންނަ ލ. ކުނަހަންދޫ ކައުންސިލުގެ ރައީސް އަސްމާއު އަބޫބަކުރު "ސަން"އަށް ވިދާޅުވީ، މެންދޫއަށް ބާޖު ވެއްދުމަށް އެރަށުގެ ފަޅު ކޮނެފައިވާ ކަމަށެވެ.
"އެބައިން ކޮޅުވެއްޓި ވެއްޓޭވަރަށް ބޮޑު ކޯރެއް ކޮނެފައި. ރަށުގެ ހުޅަނގު އުތުރުން އެއީ،" އޭނާ ވިދާޅުވިއެވެ.
ފަޅު ކޮނުމަކީ މުރަކަތަކާއި މޫދުގެ ދިރުންތަކަށް ގެއްލުން ލިބޭނެ ކަމެކެވެ.
"ހުއްދައެއް ނަގައިގެން ޖަރީމާއެއް ހިންގިޔަސް ޖަރީމާ ވާނީ ޖަރީމާއަކަށް،"
ފަޅުތައް ހިއްކައިގެން ހަދާ ލަގްޒަރީ ރިސޯޓުތަކާއި، އަދި އެހެނިހެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ތަންތަން ފެހިކޮށް ޒީނަތްތެރިކުރުމަށް މީހުން ދިރިއުޅޭ އަދި މީހުން ދިރި ނޫޅޭ ރަށްތަކުން ރުއް އުފުރައިގެން ގެންދާ މައްސަލައަކީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ.
Ruhgas vikkumuge kankan reyvigen hingamun ebadhey. Mikan hingamun dhanee resort thakaa, brokerun naai rashu council ge membarun, envorinment ministry ge EIA balaa baeh muvazzafun adhi EIA hadhaidhey kunfunithah gulhigen.@EPAMaldives@DrHussainHassanhttps://t.co/uto1w2Dynz
— Husnu Al Suood (@hsuood)November 21, 2018
މިހާރު އެގޮތަށް އެންމެ ގިނައިން ރުއްގަސް ގެންދާ އެއް ތަނަކީ ކ. އެނބޫދޫފަޅެވެ. އެ ފަޅު ހިއްކައިގެން ވަނީ ނުވަ ރަށެއް އުފައްދައިފައެވެ. އެ ރަށްތައް ބަހާލައިގެން ރިސޯޓުތައް ތަރައްގީ ކުރަމުން އަންނަ އިރު އެ ތަންތަން ފެހި ކުރުމަށް ރުއް ގެންދަނީ ރާއްޖޭގެ އެހެން ރަށްތަކުންނެވެ.

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓެއްގައި ރުއް އިންދާފައި -- ފޮޓޯ: ޓްވިޓާ
ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރައްވާ ހުމޭދާ އަބްދުލްޣަފޫރު ގަބޫލު ކުރައްވަނީ، ރުއްތައް ރިސޯޓުތަކަށް ގެންދިޔުމަށް މަގުފަހި ވަނީ ވިޔަފާރިވެރިން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ތިބެގެން އެ މީހުންނަށް މަންފާވާ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެންނާތީ ކަމަށެވެ.
އަދި، ރުއްގަސް ކެނޑުމަށް ހުއްދަ ނަގަން ހަދަން ޖެހޭ އީއައިއޭ ހަދަނީ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އީއައިއޭ ހައްދަނީ ބޮޑެތި ވިޔަފާރިވެރިން ފައިސާ ދިނީމާ ވިޔަފާރި އުސޫލުން،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، އީއައިއޭ ހަދާއިރު ތިމާވެއްޓަށް ލިބޭނެ ގެއްލުމަށާއި ރައްޔިތުންނަށާއި ލިބޭނެ ގެއްލުމަކަށް އެއްވެސް ވަރަކަށް ނުބަލާކަމަށް އޭނާ ވިދާޅުވިއެވެ.
"ހުއްދަ ނަގައިގެން ހިންގިޔަސް ޖަރީމާ ވާނީ ޖަރީމާއަކަށް،" ހުމޭދާ ވިދާޅުވިއެވެ.
މީގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުން ރުއްގަސް ކެނޑި މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ތޮއްޑޫ އަދި ކާށިދޫއިން ރުއްގަސް ކެނޑި މައްސަލަ ފާހަގަކޮށްލެވެއެވެ.
ހުމޭދާ ވިދާޅުވީ ރުއްގަހަކީ ރަށްރަށުގައި ގިނަ ބަޔަކު އަމްދަނީ ހޯދާ ވަސީލަތެއް ކަމަށާއި އެހެންކަމުން ވިޔަފާރިވެރިން ރިސޯޓު ހެދުމަށް އެތަކެތި ނެގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"އެ ރިސޯޓުތައް ފެހިކުރަން އޯނަމެންޓަލް އެއްޗަކަށް މި ގެންނަނީ ދިވެހިން ކާންބޯން ގެންގުޅޭ ވަސީލަތް،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ރައްޖޭގެ ވެށި ހަލާކުކޮށްފައި، އަނެއްކާވެސް ހަލާކުކުރަން މި ދަނީ ސަލާމަތުން ހުރި ރަށްތަކުގައި ހުރި ރުއްގަސް ގަނޑުކޮށް ނަގަމުން މިދަނީ. މިއީ މުޅިން ހަލާކުގެ ސައިކަލްއެއް އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި،"
ލ.މެންދޫގައި އެ ރަށުގެ ވެރިފަރާތުން ހިންގާ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ތަންތަނުގެ ތެރޭގައި ޖެޓީއަކާއި، އިދާރީ އިމާރާތްތަކާއި މުވައްޒަފުންގެ އިމާރާތްތަކާއި، ފެނާއި ކަރަންޓްގެ ނިޒާމާއި ސެޕްޓިކް ޓޭންކްސް ބޭނުންކޮށްގެން ގާއިމުކުރެވޭ ނަރުދަމާގެ ނިޒާމާއި އިރިގޭޝަން ނިޒާމާއި، ހައިޑްރޯފޯނިކް ގްރީން ހައުސް ތަކާއި، ދަނޑުވެރިކަމާ ބެހޭ ދިރާސާތައް ހަދާ ފަރާތްތައް މަޑުކުރުމަށް އެކޮމަޑޭޝަން ހިމެނެއެވެ.
އެ ޕްރޮޖެކްޓޫގެ އީއައިއޭގައި ބުނެފައި ވަނީ އެ މަސައްކަތްތައް ކުރުމަށް މެންދޫގެ ތިމާވެއްޓަށް "ކޮންމެވެސް ވަރަކަށް ނޭދެވޭ އަސަރު ކުރާނެ" ކަމަށެވެ. އެ ޕްރޮޖްކްޓްގެ ސަބަބުން ރާއްޖޭގެ އެހެން ރަށަކަށް ގެނެވިފައިނުވާފަދަ ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ލަފާ ނުކުރެވޭ ކަމަށް އެ އީއައިއޭގައި ބުނެފައިވެއެވެ.
ރަށްރަށުން ރުއްގަސް ކަނޑާ އަދި އުފުރާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް އެފަދަ ކަންކަން ކުރާ މައްސަލަތައް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
Qaanoonaa khilaafah gaskendumaa, faruthakaa falhuthakah gellundhinunfadhakankan khaassa samaalukameh dheegen belumah fuluhunnah dhannavaafin. Thimaaveshi rakkaatherikoh himaayaikurumakee emmenge massooliyyatheh.https://t.co/QCRjK4HW1y
— Imran Abdulla (@ShimranAb)November 22, 2018
ރުއްގަސް ކެނޑުމާ ގުޅޭ ގޮތުން އެންވަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ ގާނޫނާ ހިލާފަށް ރުއްގަސް ކެނޑުން ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ލިބިގެން ކެނޑިޔަސް ރުއްގަސް ގެންދާ ތަނެއް ބެލޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
#MVTreeGrabin faahaga kurevey kanboduvunthah hallukurumah midhanee masahkaiy kuramun. Magsadhakee gaanoonaai khilaafah ruhgasnegun huttuvun. Permit othas ruhgas ehthanun anehthanah badhalukuraanama traceability onnaane gothakah hamajessun. Khiyaalu thakah@EnvGovMvmaruhabaa!
— Hussain R. Hassan (@DrHussainHassan)November 23, 2018
ރިސޯޓުތައް ފެހި ކުރުމަށް ވިޔަފާރިވެރިން މަސައްކަތް ކުރަމުން އަންނަ އިރު ސަރުކާރުން އަންނަނީ ރާއްޖޭގެ ރަށްތައް ފެހި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ރަށްރަށް ފެހި ކުރުމުގެ މަސައްކަތް ކުރާ އިރު ބޭނުން ކުރާނީ ކަނޑައިގެން ނުވަތަ އުފުރައިގެން ގެންނަ ގަސްތައް ނޫން ކަމަށާއި ބޭނުން ކުރާނީ އިންދާފައިވާ ގަސްތައް ކަމަށެވެ.
Male’ ga gina adhadhakah gas indhaa Male’ fehikurumaky alhugandumenge amaaz. Male’ ge maguthakuga indhumahtakaa gina adhadhehge gasthah roakurevi, Nursery ehga balahahtamun ebagendhevey. Dhaadhi avahah migasthah maguthakah nereveyne.pic.twitter.com/2tnu9JvtyQ
— Shamau Shareef (@schamau)March 18, 2019
ރުއް ކެނޑުމާއި އުފުރުމާ ދެކޮޅަށް ސަރުކާގެ ވަޒީރުންނާއި ތިމާވެއްޓާ ބެހޭ މާހިރުން އަޑުއުފުލައި ވާހަކަ ދެއްކެވި ނަމަވެސް، އެފަދަ މައްސަލައެއްގައި އެއްވެސް ފަރާތަކަށް މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.