15 Oct 2011, 14:20
ފުވައްމުލަކު ފުނާޑު އަވަށުގެ ގެއަކަށް ގުރޫޕަކުން ވަދެ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 3:15 ހާކަންހާއިރު ފުވައްމުލަކު ގެއަކަށް ގުރޫޕަކުން ވަދެފައި ވަނީ އެގޭގައި އޮތް މީހަކަށް ހަމަލާދޭން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އަނިޔާވެފައި ވަނީ އެކަމަށް ހުރަސްއެޅި އުމުރުން 45 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަންހެންމީހާގެ ބުރަކަށްޓަށާއި އަތުގައި ވަޅިއެޅި ވަނީ ޒަޚަމްތަކެއް ލިބި ހޮސްޕިޓަލުން ފަރުވާ ހޯދާފަ އެވެ.
ނަމަވެސް އެމީހުން އެގެއަށްވަނީ ކާކު ހޯދަން ކޮންބޭނުމަކު ކަމެއް ފުލުހުން ނުބުނެ އެވެ.