21 Mar 2019, 13:13
ނިއު ޒިލެންޑުގެ ކްރައިސްޓް ޗާޗުގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު މުޅި އެގައުމަށް ވަނީ ޝޮކެއް ލިބިފަ އެވެ.
މީގެ ކުރިން އެ ގައުމު ފާހަގަވެފައި ވަނީ ސުލްހަވެރި ގައުމެއްގެ ގޮތުގަ އެވެ. އަދި އެ ހަމަލާއަށް ފަހު އެ ގައުމުގެ އެތައް ބަޔަކު ދަނީ އެ ޓެރަރިސްޓް ހަމަލާކުށްވެރިކޮށް މުސްލިމުންނާ އެކު ސާބިތުވެ ތިބިކަން ހާމަކުރަމުންނެވެ.
އަދި އެ ގައުމުގެ ބޮޑުވަޒީރު ވެސް ވަނީ މުސްލިމުންނާ އެކު ހުންނެވިކަން ހާމަކުރމުގެ ގޮތުން ބުރުގާ ހެދުމެއް ވެސް ތުރުކުރައްވައިފަ އެވެ.
When this image was drawn on Saturday morning, the death toll was 49. Since then it has risen to 50 so I have added another figure. Below is a link to a hi-rez version for those wanting to use the image for themselves or nonprofit fundraising for victimshttps://t.co/dzEsjUNTNZpic.twitter.com/LSqFt68NMG
— Pat Campbell (@patcartoons)March 19, 2019
މިހާރު މީސް މީޑީއާގައި މިހާރު ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ފޮޓޯ އެވެ. ބަލާބެލުމަށް މިއީ އެގައުމުގެ ގައުމީ ގަސް ފާންގެ ފަތެއް ކަމަށް ހީވިޔަސް މިއީ ނިއުޒީލެންޑަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެގައުމުގެ އާޓިސްޓަކު ކުރަހާފައިވާ ފޮޓޯއެކެވެ.
މި ފޮޓޯގައި ފެނިގެން ދަނީ މުސްލިމުން ނަމާދަށް ތިބޭ ތަނެވެ. އެ ފޮޓޯ ފުރަތަމަ ކުރެހި އިރު އޭގައި ހިމެނެނީ 49 މީހުންނެވެ. ކްރައިސްޓް ޗާޗް ހަމަލާގައި މަރުވި ކަމަށް އެންމެ ފުރަތަމަ އަޑުއިވިފައި އޮތީ 49 މީހުން މަރުވި ކަމަށެވެ. ނަމަވެސް އެ ހާދިސާގައި 50 މީހުން މަރުވުމުން އިތުރު އެކަކު ވަނީ ފޮޓޯގައި ހިމަނައިފަ އެވެ.
އެ ފޮޓޯ ކުރެހި ޕެޓް ކޭމްޕްބެލް ބުނީ އެ ފޮޓޯއާ ދޭތެރޭ ގިނަ މީހުން ހިތްހަމަ ޖެހޭ ކަމަށެވެ.
"އެ 'ފާން' އިން ރަމްޒުކޮށްދެނީ މީހުން ގުޅިގެން އުޅުން. އެ ނިޝާނަކީ ނިއުޒީލެންޑާ ގުޅިފައިވާ ނިޝާނެއްވެސްމެ. އެ ހާދިސާގައި މަރުވީ ހަމައެކަނީ މުސްލިމުންނެއް ނޫން. އެއީ ހަމަ ނިއުޒީލެންޑްގެ ރައްޔިތުން ވެސްމެ،" އޭނާ ބުންޏެވެ.