ސްރީ ލަންކާގެ ހަންބަންޓޮޓާގައި ބުރާސްފަތި ދުވަހުގެ ރޭ ނިމިގެން ދިޔަ ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ނެޓްބޯޅަ އިވެންޓްގެ ތިން ވަނަ ހޮވި މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މިމެޗުން ދިވެހި ރާއްޖެ ބަލިވެފައި ވަނީ 15 ޕޮއިންޓް 17 ޕޮއިންޓުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ޕާކިސްތާން އާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވެފައިވީ ނަމަވެސް ބުރާސްފަތި ދުވަހުގެ މެޗްގައި ޕާކިސްތާނުން ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައި ވަނީ 22 ޕޮއިންޓް 15 ޕޮއިންޓުންނެވެ.