ރ. ކިނޮޅަހު ކައުންސިލަރަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ކިނޮޅަހު ކައުންސިލްގެ މެންބަރު އަބްދުލްމަޖީދު ހަސަނެވެ. އޭނާގެ އުމުރަކީ 48 އަހަރެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަޖީދު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިންނެވެ. މަޖީދު ދިރިއުޅޭ ކޮޓަރިން އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މިރޭ އަށެއްގެ ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ލަފާ ކުރެވޭގޮތުން މެންދުރެއް ހާއިރު ނިޔާވެފައިވަނީ. ހަށިގަބޑުގެ ހަރުމިނަށް ބަލާއިރު،"

މަޖީދަކީ ސިއްހީ ހާލަތު ދަށް ބޭފުޅެއް ކަމަށާއި ނަމަވެސް ވަކި ހާއްސަ ބޮޑު ބައްޔެއް ހުންނަކަން އެނގިފައި ނުވާ ކަމަށް ވެސް އޭނަ ބުންޏެވެ.

މަޖީދު ނިޔާވި އިރު އަނބިކަނބަލަކާއި ދަރިން ވެސް ދުނިޔޭގައި އެބަތިއްބެވެ.