20 Mar 2019, 17:37
އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި އެކްސިޑެންޓު ހިނގީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުން ހިނގާފައިދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ އަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށެވެ. އެނާ އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ގައިގެ ތަންތަނުން މަށައިގެނން ދިޔުން ފިޔަވާ މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
"އެކްސްރޭ ނެގީމާ އެނގޭނީ ތަނެއް ބިންދައިގެން ގޮސްފައިވާނަމަވެސް،" އޭނާ ވިދާޅުވިއެވެ.