ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ގެ އިފްތިތާހީ ޖަލްސާގައި ބައިވެރިވާ މީހުން ހަމަޖެއްސުމަށް ގުރުއަތުލުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް އެ ޕާޓީގެ އަތޮޅުތަކުގެ މެމްބަރުންނަށް އެ ޖަލްސާއަށް އާދެވޭ ގޮތް ނުވުމުން ހަމައެކަނި މާލޭގަތިބި މެމްބަރުން ބައިވެރިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު ވިދާޅުވެއެއްޖެ އެވެ.

"އަޅުގަނޑުމެން ކުރިން ހީކުރީ އަތޮޅުތަކުގެ މެމްބަރުންނަށް ވެސް އެ ޖަލްސާގައި ބައިވެރިވުމަށް އާދެވޭނެ ކަމަށް. ނަމަވެސް އަތޮޅުތަކުގައި ތިބި މެމްބަރުންނަށް އެ ޖަލްސާގައި ބައިވެރިވުމަށް ނާދެވޭނެތީ މިހާރު ގުރުއަތުލުމަކާނުލައި ހަމައެކަނި މާލޭގައި ތިބި މެމްބަރުން ބައިވެރިކުރާ ގޮތަށް އަޅުގަނޑުމެން މި ނިންމީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވުމަށް މާލެ އިން ނަން ނޯޓުކުރި މީހުންގެ ތެރެއިން ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް އުފެއްދުމަށް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް 2042 މީހުން ނަން ނޯޓުކޮށްފައިވީ ނަމަވެސް އެ މާލަމުގެ ޖާގަނެތުމުން އެ ޖަލްސާގައި ބައިވެރިކުރެވޭނީ 1100 މީހުންނަށް ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Umar Naseer (mp3)