ފުލުހުންގެ އިސްވެރިންނާ، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ހުސެއިން އާދަމް ބިލްޑިންގްގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރައީސް ސޯލިހު މިއަދު ބައްދަލު ކޮށްފައި ވަނީ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާ އެވެ. އޭގެ ތެރޭގައި ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ވަނީ މީގެ ކުރިން ވެސް ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ފުލުހުންގެ އިދާރާއަށް ގެންނަން ޖަހޭ އިސްލާހީ ބަދަލުތައް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.