ޕަޕުއާނިއުގިނީ (އޮކްޓޯބަރު 14) އޭޝިޔާ ޕެސިފިކްގެ ކުޑަ ޤައުމެއް ކަމަށްވާ ޕަޕުއާ ނިއުގިނީގެ އުތުރު ސަރަޙައްދަށް މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

އަވަށްޓެރި އޮސްޓްރޭލިޔާ، ނިއުޒިލެންޑްގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ޑޭޝް 8 މަރުކާގެ މި މަތިންދާބޯޓު ވެއްޓިފައިވަނީ ޕަޕުއާ ނިއުގިނީގެ މެޑަންގް ގެ ދެކުނުން 20 ކިލޯމީޓަރު ދުރުގައިވާ ޖަންގަލީގެ ސަރަޙައްދަކަށެވެ. މި ބޯޓުގެ ދެޕައިލެޓުންނާއި ފަޅުވެރިންނާ އަދި ހުރިހާ ފަސިންޖަރުންވެސް މަރުވެފައިވާ ކަމަށާއި އެކަކުވެސް ސަލާމަތްނުވާ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
މި މަތިންދާބޯޓު ވެއްޓިފައިވަނީ މޫސުން ގޯސްގެ ކޮޅިގޮޑެއްގެ ތެރޭގައި ކަމަށާއި މި ބޯޓު ނިސްބަތްވަނީ ޕަޕުއާ ނިއުގިނީގެ އެރލައިން ކަމަށްވާ ޕީ.އެން.ޖީ. އަށް ކަމަށް އެޤައުމުން ބުނެއެވެ. -- ބީބީސީ