އަންނަ ހަފުތާގައި އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 26 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ފާސްކުރީ ދާއިމީ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ މިމަހުގެ 19 ވަނަ ދުވަހު ބާއްވާށެވެ.
ކަރުދާހުގައި ފާހަގަ ޖަހައިގެން ސިއްރު ވޯޓެއް ނަގާ އިންތިހާބު ބާއްވަން ނިންމާފައި ވަނީ ޕާޓީގެ ހަރުގޭގަ އެވެ.

ގައުމީ ޖަލްސާގައި އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ފުށުއެރުންތައް އިސްލާޙް ކުރަން ނެގި ކޮމިޓީން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި އެކޮމިޓީން ގައުމީ މަޖިލީހަށް ރިޕޯޓެއް އިއްވިއެވެ. ކޮމެޓީގެ ރިޕޯޓުގައި ބުނަނީ އެމްޑީޕީގެ ޗެއާޕާސަނާއި ޕާޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު ފުށުއަރާ ކަމަށެވެ. މި މައްސަލައިގައި ހަމަޖެއްސީ ދެން އަންނަ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ގޮތެއް ނިންމުމަށެވެ. މި މައްސަލައިގައި ހޫނު ބަހުސްތަކެއް ކުރި އެވެ. ގިނަ މެންބަރުންގެ ވާހަފުޅުގައި ބުނެފައި ވަނީ ޗެއާޕާސަން އަށް ފަހު ޕާޓީގެ އެންމެ އިސް ދެ މަގާމު ކަމަށްވާ ރައީސް އާއި ނައިބު ރައީސް ގައުމީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.

މި ޖަލްސާ ގައި ސާކް ސަމިޓުގހެ ތައްޔާރީތަކުގައި އެހީތެރިވެދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިލޭ ސާބަހަށް ބައިވެރިވާން ނިންމި އެވެ