17 Mar 2019, 23:38
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިންމައިފައި މިވަނީ މިއަދު އެމްޑީޕީން އަދާލަތު ޕާޓީގެ ދެ ކެންޑިޑޭޓަކަށް ތާއީދުކޮށްފައި ވަނިކޮށެވެ. އެމްޑީޕީން މިއަދު ވަނީ އަދާލަތާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.
އަދަލަތު ޕާޓީން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އެމްޑީޕީން އަދާލަތުގެ ދެ މެމްބަރަކަށް ތާއީދުކުރުމަށް ނިންމާފައިވުމުން، އެ ޕާޓީންވެސް އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.
އެއީ ހޯރަފުށި ދާއިރާ، ފަރެސްމާތޮޑާ ދާއިރާ، ކެނދިކުޅުދޫ ދާއިރާ އަދި އަލިފުށި ދާއިރާއެވެ.
#Urgent
Mahibadhoo adhi Nilandhoo dhaairaa ge Adhaalath Party ge candidatunnah MDP in thaaeedh kurumah nimmumaagulhigen
Horafushi, Kendhikulhudhoo, Alifushi adhi Faresmaathodaa dhaairaa ge MDP candidateunnah thaaeedh kurumah nimmikan@ShimranAbiulaan kuravvaifi.— Adhaalath Party (@AdhaalathOffice)March 17, 2019
ފަރެސްމާތޮޑާ ދާއިރާއިން އެމްޑީޕީން ވާދަކުރަނީ ފަތުހުﷲ އަހްމަދެވެ. އަލިފުށި ދާއިރާއިން އެމްޑީޕީގެ ފަރާތުން ވާދަކުރަނީ މިހާރުގެވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ. އަދި ހޯރަފުށި ދާއިރާއަށް އަހްމަދު ސަލީމް ވާދަކުރާއިރު ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރަނީ އެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާއެވެ.
އެމްޑީޕީގެ ފަރެސްމާތޮޑާ ކެންޑިޑޭޓުގެ ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި މިރޭ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ބައިވެރިވެވަޑައިގެންނެވި އިރު، އަދާލަތުގެ ދެ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއީދުކުރަން ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި އަދާލަތުން ތާއީދުކުރަން ނިންމި އެމްޑީޕީގެ ހަތަރު ދާއިރާއަށް، އަދާލަތުގެ މެމްބަރުން ތާއީދުކުރުމަށް އިމްރާން އެދިވަޑައިގެންނެވިއެވެ.
Adhaalath Partyge Raees adhi Home Minister@ShimranAbvaahakafulhu dhakkavanee
Fares Maathoda Dhaaira ge MDP Candidate Fathuhulla Ahmed ge#Agenda19Campaign Jalsa#Agenda19#Majlis19Thilafathahpic.twitter.com/oTS5Z8DEEN— MDP Secretariat (@MDPSecretariat)March 17, 2019
ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އެމްޑީޕީއާ އަދާލަތު ޕާޓީގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށާއި ކުރިއަށް މަޖިލިސް އިންތިހާބުގައި ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތުގައި މަޖިލީހުގައި ސަރުކާރަށް ފުރިހަމަ ތާއީދު ހޯދައި ދެވޭނެ ކަމަށެވެ.
އެމްޑީޕީން މަހިބަދޫ ދާއިރާ އަދާލަތު ޕާޓީ އަށް ދޫކޮށްލުމުން އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ 85 ދާއިރާއަކަށެވެ. އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރާނީ އަށް ދާއިރާއަކަށެވެ.
ދެ ޕާޓީގެ ނިންމުމާއެކު ދެ ޕާޓީގެ ގުޅިގެން މިހާތަނަށް ފަސް ދާއިރާއަކަށް ވާދަކުރަނީ ގުޅިގެންނެވެ.