17 Mar 2019, 14:17
މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރަން 13 ގައުމަކާ އެކު ރީޖަނަލް ވާކްޝޮޕްއެއް ރާއްޖޭގައި ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއީ ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓެރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ - ސައިޓީސް"ގެ 18 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސް (ކޮޕް 18) އަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ދެ ދުވަހުގެ ވާކްޝޮޕެއް ކަމަށެވެ.
Jen Sawada, Director of Global Sharks Program@pewtrustsat the#CITESPreCoP18#SharksandRayspic.twitter.com/fSFnq4mG9p
— Environment.gov.mv (@EnvGovMv)March 17, 2019
"ޝާކް އެންޑް ރޭއި ކޮންޒަވޭޝަން ވަރކްޝޮޕް"ގެ ނަމުގައި ސޯލްޓް ކެފޭގައި މިއަދު ފެށި އެ ވޯކްޝޮޕް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. އެ ވޯކްޝޮޕްގައި 10 ގައުމަކުން ބައިވެރިވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ އެ ވާކްޝޮޕްގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާއި ފައިދާތަކަށް އަލިއަޅުވާލުމާއި، ކޮޕް 18ގައި ސައިޓީސް އެޕެންޑިކްސް II އަށް މިދިރުންތަކުގެ އާ ބާވަތްތައް ހިމެނުމާއި، މިޔަރާއި މަޑީގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ގޮތުން މަޝްވަރާކުރުމާއި އަދި މިދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަން ބައިނަލްއަޤުވާމީގޮތުން ބަލައިގަތުން ކަމަށެވެ.