ޕާކިން ގަވައިދާ ހިލާފުވެގެން މިދިޔަ ހަފްތާގައި 232 ވެހިކަލްގައި ޕާކިން ސްޓިކާ ޖެހިކަމަށް ފުލުހުން ބުނެފިއެވެ.

ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ސްޓިކާ ޖަހާނެ އުސޫލު ފުލުހުން ވަނީ މީގެ ކުރިން އާންމުކޮށްފައެވ.ެ މިގޮތުން ނުވަ ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ޕާކިން ސްޓިކާ ޖަހާނެއެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖުމެންޓް ޑިޕާޓްމެންތުގެ ތަފާސްހިސާބުތައް ދައްކާގޮތުން މަގުމަތީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ ތެރެއިން 200 ވެހިކަލެއް ވަނީ ނަގައިފައެވެ. މި ވެހިކަލްތައް ނަގާފައިވަނީ އެ ވެހިކަލްތަކުގެ ވެރިންނަށް ގުޅައި، އެ އެއްޗެހި ބާއްވާފައިއޮތް ތަނުން ނެގުމަށް އެދުމަށްފަހު، ވެރިފަރާތުން ނަގާފައި ނުވާތީއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި 934 ވެހިކަލް ބަލާ ޗެކް ކުރި ކަމަށާއި ލައިސެންސް ނެތި 139 އުޅަނދު ދުއްވިކަން ފާހަގަވިކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ.

މިދިޔަ ހަފްތާގައި 53 އެކްސިޑެންޓް ހިނގިކަމަށް ރެކޯޑު ކޮށްފައިވާއިރު ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވިކަން ފާހަގަވެފައިވަނި އެންމެ ވެހިކަލެކެވެ. އަށާރަ ހަރަރުން ދަށުގެ ކުއްޖަކު ދުއްވި އެއް ވެހިކަލްވެސް މިދިޔަ ހަފްތާގައި ވަނީ ހުއްޓުވައިފައެވެ.

މިދިޔަ ހަފްތާގައި 42 ސައިކަލާއި ހަތަރު ކާރު ފުލުހުން ވަނީ ޓޯ ކޮށްފައެވެ.